ބޮލީވުޑް

ޓައިމުރް ބޯޑިން ސްކޫލަކަށް ފޮނުވުމަށް ކަރީނާ އަދި ސައިފް ވިސްނަނީ

ކަރީނާ ކަޕޫރު ޚާން އަދި ސައިފް އަލީ ޚާންގެ ފިރިހެން ދަރިފުޅު ޓައިމުރް އަކީ ދުނިޔެއަށް އައީއްސުރެ ލައިމްލައިޓުން އަބަދު ފެންނަ އެއް މޫނެވެ.

ޓައިމުރް އަށް ފޮލޯ ކުރާ ޕަޕަރާޒީން ގިނަ އެވެ. އަދި އެއްވެސް ވަރަކަށް ސްކްރީނުން ފެނިފައި ނުވިނަމަވެސް އޭނާ އަކީ ނޫސްތަކުގައި ފިޔަޖަހާ އެއް ތަރިއެވެ.

ޓައިމުރް އަށް ލިބެމުން އަންނަ ސަމާލުކަމުގެ ސަބަބުން އޭނާ ބޯޑިން ސްކޫލަކަށް ފޮނުވުމަށް ވިސްނަމުން އަންނަ ކަމަށް އޭނާގެ މަންމަ ކަރީނާ ދާދި ފަހުން ވަނީ ބުނެފަ އެވެ. ނޫހަކަށް ދިން އިންޓަވިއުގައި ކަރީނާ ބުނީ އޭނާ އާއި ސައިފް އަންނަނީ އެކަމާ ވިސްނަމުން ކަމަށާއި ދެމަފިރިންނަށްވެސް އެއްބަސް ވެވެނީ ޓައިމުރްއަށް އާދައިގެ ދިރިއުޅުމެއް ބޮޑު ވުމަށް ލިބޭނީ ބޯޑިން ސްކޫލަކުން ކަމަށް ފެންނަކަމަށެވެ.

މީގެ ކުރިން ސައިފްވެސް ވަނީ ކޮންމެވެސް ވަރަކަށް އެކަމާ އަލިއަޅުވާލައި ވާހަކަ ދައްކާފައެވެ. އެގޮތުން ސައިފް ބުނެފައިވާ ގޮތުގައި ސްޓާ ކިޑްސް ނޯމަލް ކޮށް ބޮޑުވުމަށްޓަކައި މައިންބަފައިންނާ ދުރަށް ފޮނުވަން ޖެހެއެވެ. އެއީ އެހާ ކުޑައިރު އެމީހުނަށް ލިބޭން ނުޖެހޭ ސަމާލުކަމެއް ލިބުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވާތީއެވެ.

ސައިފް ވަނީ ޕަޕަރާޒީން އަބަދު ޓައިމުރް ފޮލޯކުރާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މީގެ ކުރިން އިންޓަވިއުތައް ދީފައެވެ. އެހާ ކުޑަ ކުއްޖަކަށް އެހާ ބޮޑު ސަމާލުކަމެއް ލިބުމަކީ ބޮޑު ވުމަށާއި ބެލެންސް ދިރިއުޅުމެއް އުޅެން އުނދަގޫވާނެ ކަމެއް ކަމަށް ސައިފް ވަނީ ބުނެފައެވެ. އެހެން ކަމުން ބޯޑިން ސްކޫލަކީ ޓައިމުރް އަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ސައިފް ބުނެފައިވެއެވެ.

ކަރީނާ އަދި ސައިފް އަކީވެސް ބޮލީވުޑްގައި އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ދެތަރިންނެވެ.

މިވަގުތު ކަރީނާ އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ގުޑް ނިއުސް" "އަނގްރޭޒީ މީޑިއަމް" އަދި "ތަޚްތު" އެވެ.

ސައިފްގެ ވެސް ގިނަ ފިލްމު ތަކެއް އަންނަނީ ނިކުންނަށް ތައްޔާރު ވަމުންނެވެ. އެއީ "ޖަވާނީ ޖާނޭމަން"، "ބޫތު ޕޮލިސް"، "ތަންހާޖީ: ދަ އަންސަންގް ވޮރިއޯ" އަދި "ލާލް ކަޕްޓާން" އެވެ.