އަލީ ރިފްޝާން
ތުރުކީގައި ކުރިއަށްގެންދާ އަލިބޭ މޯލްޑިވްސް ޓެނިސް ޓްރެއިނިން ކޭމްޕްގައި ބައިވެރިވާ ކުޅުންތެރިންގެ ޓީމު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއުލާންކޮށްފިއެވެ.
އެ ޓީމުގެ ކުޅުންތެރިންގެ ނަން އިއުލާންކުރުމަށާއި ޖާޒީ ހަވާލުކުރުމަށް ނޭޝަނަލް ޓެނިސް ސެންޓަރުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އަލިބޭ މޯލްޑިވްސްގެ އިސްވެރިންނާއި ޓެނިސް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ޓްރެއިނިން ކޭމްޕްގައި 12 އަހަރުން ދަށުގެ ފިރިހެން ހަ ކުޅުންތެރިންނާއި އަންހެން ހަ ކުޅުންތެރިން ބައިވެރިވާނެއެވެ. ހަތް ދުވަހުގެ އެ ޓްރެއިނިން ކޭމްޕުގައި ބައިވެރިވާ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ދަތުރުގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އަލިބޭ މޯލްޑިވްސް އިންނެވެ.
އަލިބޭ މޯލްޑިވްސް ޓެނިސް ޓްރެއިނިން ކޭމްޕްގައި ބައިވެރިވާ؛
އަލިބޭ މޯލްޑިވްސް ޓްރެއިނިން ކޭމްޕަކީ އެސޯސިއޭޝަނާއި އަލިބޭ މޯލްޑިވްސްއާ ދެމެދު 2017 ވަނަ އަހަރު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ކުރިއަށްދާ ހަރަކާތެކެވެ.
ޓެނިސް އެސޯސިއޭޝަނުން ބުނީ އަލިބޭ މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޓެނިސް ތަރައްގީކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވުނު ކަމަށާއި އެގޮތުން ޖޫނިއާ ޓެނިސް ކުޅުންތެރިންގެ ފެންވަރު މަތިކުރުމުގެ ގޮތުން އަލިބޭ މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު 12 ކުޅުންތެރިންނަށް ތުރުކީގައި ޓްރެއިނިން ކޭމްޕެއް ހިންގުމަށް ހަމަޖެހުނު ކަމަށެވެ. ބައިނަލްއަގުވާމީ މުބާރާތްތަކާއި ޓްރެއިނިން ކޭމްޕްތަކުގައި ޖޫނިއާ ކުޅުންތެރިން ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ އެސޯސިއޭޝަނުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ވެސް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މިއީ މެދުކެނޑުމެއްނެތި އަލިބޭ ޓްރެއިނިން ކޭމްޕް ބާއްވާ ތިންވަނަ އަހަރެވެ.