މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ސާމާނާއެކު ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ރޭ 2:25 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއެކު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންނެވެ. އެއީ 21 އަހަރުގެ ދިވެއްސަކާއި 26 އަހަރުގެ ދިވެއްސެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މާފުށި މެޖިސްޓްރޭޓް ކޯޓުން މިދެމީހުންވެސް ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން 21 އަހަރުގެ މީހާ ބަންދުގައި 10 ދުވަހު ބެހެއްޓުމަށާއި 26 އަހަރުގެ މީހާ ބަންދުގައި 15 ދުވަހުގެ މުއްދަތަކަށް ބެހެއްޓުމަށް ކޯޓުން ވަނީ ހުއްދަ ދީފަ އެވެ. އެ ދެމީހުންގެ އަތުން އެކި ވައްތަރުގެ ފޯނާއި ޗާޖަރު އަދިވެސް އެހެނިހެން ސާމާނު ހޯދާފައިވެއެވެ. ފުލުހުން މި ދެމީހުންގެ އަތުން ހޯދާފައިވަނީ؛
- ހަތް ސިމް ކާޑު (ދިރާގު)
- 62 ފޯނު ޗާޖަރު
- 39 ޔޫއެސްބީ ޕޯޓު
- 22 ހެޑްސެޓް
- ފަސް ޢެޑަޕްޓަރ
- 30 ނޮކިޔާ ޕޯނު
- 41 ސްމާޓް ފޯނު
- އެލް8ސްޓާރ ފޯނެއް،
- ދެ ސުއިން ކިޓް
- ފަސް ނޮޔަފަތިކަނޑާ ދަތި
- ފަސް ސުޕާ ގްލޫ ފުޅި
- ފަސް ކަޓަރު - ތިން ކުޑަ ވަޅި
- ދެ ދަޅު ފެމް،
- ކަޓަރު ތިލަ ހުރި ދެފޮށި
- ދެ އަޔޮޑިން ލޮނު ޕެކެޓު
- ހަތަރު ލޯގަނޑު
- 12 ދުނި ކީސްތިލަ
- ފަސް ސަމްސާ އަދި
- ފަސް އުލެވެ.
މާފުށި ޕޮލިސް ސްޓޭޝަނުން މިހާރު މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.