ޕޮލިސް

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އުޅަނދު ތަކުގެ ވެރިފަރާތްތައް ހޯދަނީ

އާނިފާ ހުސެއިން ސިރާޖް

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ވެފައިވާ އުޅަނދުތަކުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނފައިވަނީ އަލިފާނުގެ ހާދިސާގައި އެނދި އަދި ގެއްލުންވެފައިހުރި އުޅަނދުތަށް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ އުޅަނދުތައް އައިޑެންޓިފައިކޮށް، އުޅަނދުތަކުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުން ކަމުގައެވެ.

ހުކުރުދުވަހުގެ ރޭ ހެންވޭރުގައި ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ބައެއް އުޅަނދުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ ވެހިކަލް ޕާކު ކޮށްފައި ހުރިކަން ފާހަގަކުރެވެއެވެ. ވެހިކަލް ތަކުގެ ސަބަބުން އަލިފާން ނިއްވާ ޓްރަކުވެސް އެ ސަރަހައްދަށް ވަނުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ހުކުރު ދުވަހުގެރޭގެ ހާދިސާގައި އަލިފާން ރޯވެފައިވަނީ ހަތަރު ކެމިކަލް ގުދަނަކާއި ހަ އިމާރާތެއްގައެވެ. ފުރަތަމަ އަލިފާން ރޯވެފައިވަނީ ހ. ތިލަފުށި ގޭގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.