ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

އަލިފާނުގެ ހާދިސާތައް ހިނގުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ގޮވާލައި ޖާބިރު ކުއްލި މައްސަލަ ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

3

ވޭތުވެދިޔަ ދެދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާތަކުގައި، ގެއްލުން ލިބުނު ފަރާތްތަކަށް ހަމަޖައްސަން ޖެހޭ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދީ، އެފަދަ އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ، ވޭތުވެދިޔަ ދެ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާތަކުގައި، ގެއްލުން ލިބުނު ފަރާތްތަކަށް ހަމަޖައްސަން ޖެހޭ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދީ، އެފަދަ އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަައްވައިފައެވެ.

ޖާބިރު މި މައްސަލަ ހުށަހެޅުއްވުމުން، މަައްސަލައަށް ބަހުސްކުލުރަން ފެނޭތޯ ވޯޓަށް އެއްސެވިއެވެ.

އެވަގުތު ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެން އެއްގަޑިއިރަށް ކުއްލި މައްސަލައިގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައަށް ވާހަކަދައްކަވަމުން ޖާބިރު ވަނީ އެ ހާދިސާ ރަނގަޅަށް ތަހުގީގު ކުރުމަށް ޑިފެންސް މިނިސްޓަރަށް ގޮވާލައްވައިފައެވެ. އަދި އެފަދަ ހާދިސާއެއް ހިނގައިފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ވަސީލަތްތައް އެމްއެންޑީއެފުގައި އެބަހުރިތޯވެސް ޖާބިރު ސުވާލު ކުރެއްވިއެވެ.

ޖާބިރު ވިދާޅުވީ، ސަލާމަތީ ކަންތައްތަކަށް ބޭނުންވެގެން ހުށަހަޅާ އަދަދަކަށް މަޖިލީހުން ބަޖެޓު ދޭއިރު، އަލިފާން ނިންވަން މަތިން ފެންޖެހުން ފަދަ ކަންތައްތަކަށް ބޭނުންވާ ހެލިކޮޕްޓަރު ފަދަ ތަކެތި ހުންނަންޖެހޭ ކަމަށެވެ.

ޖާބިރު ވަނީ އެހާދިސާ ރަނގަޅަށް ތަހުގީގުކޮށް ރިޕޯޓު މަޖިލީހަށް ހުށަހެޅުމަށް ގޮވާލައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟