ޝަހީދާ އަބްދުﷲ ސައީދު
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުންގެ ސަލާމާއި، އާއިލީ ޒިންމާގެ ޗުއްޓީގައި ތިބޭއިރު، އެލަންވަންސް އުނިކުރަމުންދަނީ ގާނޫނާ ޚިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޕްރޮޑިއުސަރު އަދި ޕްރެޒެންޓަރު މުހައްމަދު ސަނޫން، 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު ހުށަހެޅި މައްސަލައިގައި ގޮތް ނިންމައި، ވަޒީފާއާ ބެހޭ ޓުރައިބިއުނަލުން މިއަދު ނެރުނު އަމުރުގައި ސަނޫންގެ އެލަވަންސްތަކުން ފައިސާ އުނިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ، އެ ފައިސާ މިއަދުން ފެށިގެން ތިން ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށް އަންގާ އަމުރުކޮށްފައިވެއެވެ.
ޓުރައިބިއުނަލުން ނެރުނު އަމުރުގައިވާ ގޮތުން ސާވިސް އެލަވަންސްގެ ގޮތުގައި ދޭންޖެހި ނުލިބިވަނީ 200 ރުފިޔާއެވެ.
މުވައްޒަފުންގެ އެލަވަންސް ފައިސާ އިން ކަނޑާ ގޮތަށް ޕީއެސްއެމްގެ ގަވަނިން ބޯޑުން ފާސްކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އޭގެ ފަހުން އެ ކުންފުނިން އަންނަނީ އެ އުސޫލަށް އަމަލު ކުރަމުންނެވެ. ނަމަވެސް މި އުސޫލަކީ ގާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވަޒީފާއާ ބެހޭ ޓުރައިބިއުނަލުން ނެރުނު އަމުރުން މިވަނީ ހާމަވެފައެވެ.