ފިލްމު ސާހޯ އަދި ޗިޗޯރުގެ ކާމިޔާބީއަށްފަހު ޝްރައްދާއަށް އަނެއްކާވެސް މިވަނީ ބޮޑު ފިލްމެއް ލިބިފައެވެ. ޑައިރެކްޓަރު ލަވް ރަންޖަން އުފައްދާ މި ފިލްމަށް އަދި ނަމެއް ކިޔާފައި ނުވި ނަމަވެސް ލީޑް ތަރިންގެ ގޮތުގައި ރަންބީރު ކަޕޫރާއި އަޖޭ ދޭވްގަން ފެނިގެންދާނެއެވެ.
ފިލްމުގެ ލީޑް ބަތަލާއަކަށް މީގެ ކުރިން ހޮވާފައިވަނީ ދީޕިކާ ޕަޑުކޯނެވެ. ނަަމަވެސް ދީޕިކާ ވަނީ މީޓޫ މޫވްމަންޓްގައި އިނގިލި ދިއްކޮށްފައިވާ އެއްވެސް ސެކްޗުއަލް ހެރެސްމެންޓް މީހަކާއެކު މަސައްކަތް ނުކުރުމަށް ފިލްމު ދޫކޮށްލާފައެވެ. މީޓޫ މޫވްމަންޓްގައި ވަނީ ލަން ރަންޖަންއަށް ބޮޑެތި ތުހުމަތުތަކެއް އައިސްފައެވެ.
ފިލްމު ފެއާގައި ބުނެފައިވާގޮތުގައި އަދި ރަސްމީކޮށް ފިލްމާ ޝްރައްދާ ގުޅިފައި ނުވި ނަމަވެސް އަޖޭ އާއި ރަންބީރުއާއެކު މަސައްކަތް ކުރަން އޭނާ ހުރީ ވަރަށް އެކްސައިޓްވެފައި ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް ޝްރައްދާ ފިލްމާއެކު ސޮއި ކުރުމުން އެކަން އިއުލާންވެސް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިވަގުތު ޝްރައްދާ މަސައްކަތް ކުރަމުން އަންނަނީ ފިލްމު "ސްޓްރީސް ޑާންސާ ތްރީޑީ"ގެ ޕްރޮމޯޝަނާއި "ބާގީ3" ގައެވެ. ރަންބީރު އޭނާގެ ސުޕާ ހީރޯ ފިލްމު "ބްރާމަންސްތްރާ"ގެ ރިލީސްއަށް އިންތިޒާރު ކުރަމުންދާއިރު އަޖޭ އަންނަނީ ތާރީހީ ޑްރާމާ ފިލްމެއް ކަމަށްވާ "ތަންހާޖީ: ދަ އަންސަންގް ވޮރިއޯ"ގެ ޝޫޓިންގައި އަވަދިނެތިއެވެ.