ބޮލީވުޑް

ރެއިލެއްގެ ޗެއިނަށް ދަމާފައިވާތީ 20 އަހަރު ފަހުން ކަރިސްމާ އާއި ސަނީއަށް ދައުވާކޮށްފި

މީގެ 20 އަހަރު ކުރިން ފިލްމެއްގެ ޝޫޓިން ތެރޭގައި ކަރިސްމާ ކަޕޫރާއި ސަނީ ޑިއޯލް ރެއިލެއްގެ އެމަޖެންސީ ޗެއިނަށް ދަމާފައިވާތީ ދައުވާކޮށްފިއެވެ.

ކަރިސްމާ އާއި ސަނީއަށް އުފުލާފައިވާ ދައުވާގައި ބުނަނީ 2413-އޭ އަޕްލިންކް އެކްސްޕްރެސްގެ ޗެއިނަށް ދެމުމުން އެ ރެއިލް ވަނީ 25 މިނިޓް ޑިލޭވެފައި ކަމަށެވެ.

މި ދައުވާ 2009 ވަނަ އަހަރު އުފުލި ނަމަވެސް އޭޕްރިލް 2010ގައި މި ދެތަރިން ވަނީ އެ ދައުވާ އިން ސަލާމަތްވެފައެވެ. އެހެންކަމުން މިމަހު 17ގައި އަލުން ކަރިސްމާއަށާއި ސަނީއަށް ދައުވާ ރެއިލްވޭ ކޯޓުން ދައުވާ އުފުލީއެވެ. މި ދައުވާގެ ފުރަތަމަ އަޑުއެހުން މިމަހު 24ގައި އޮންނާނެއެވެ.

1997 ގައި ކަރިސްމާ އާއި ސަނީ ޝޫޓް ކުރި މި ފިލްމަކީ "ބަޖްރަންގް" އެވެ.

ކަރިސްމާ މިހާރު ފިލްމު ކުޅުމާ ދުރުގައި އުޅޭއިރު ސަނީ ވަނީ ސިޔާސީ ދާއިރާއަށް ނުކުމެފައެވެ.