ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، ގަލޮޅު ހުސްނުހީނާ މަގުގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާކަމުގެ ރިޕޯޓް މިއަދު 10:24 ހާއިރު ލިބިފައިވާކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަންއިން 19 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަކޫ މަށައިގެންގޮސް ކަކުލަށް ތަދުވެފައިވާކަމަށް ފުލުހުން ބުންޏެވެ.
އަދި ސައިކަލާއި ކާރު ދުއްވަން ތިބި ދެމީހުންގެ އަތުގައިވެސް ލައިސަންސް އޮންނަ ކަމަށާއި އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިހާދިސާގައި ދެ ވެހިކަލަށްވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.