ކަރީނާ ކަޕޫރު ޚާން ނުވަތަ "ބޭބޯ" އަކީ އަބަދުވެސް އޭނާ ހެދުން އަޅާގޮތާއި ސްޓައިލް ކުރާ ގޮތުން ގިނަ ބަޔަކު އިމްޕްރެސް ކޮށްލާ ތަރިއެކެވެ.
ކަރީނާ އުފައްދާ ފެޝަން ސްޓޭޓްމަންޓްތައް ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެވެ. އެންމެ ފަހުން ކަރީނާ ލާފައިވާ ހެދުމަކީ "ގާލް ނެކްސްޓް ޑޯ" ސްޓައިލުގެ ހެދުމެކެވެ. ނަމަވެސް އެ ލުކްގެ އަގު 750000 އިންޑިއަން ރުޕީސް އަށް އަރައެވެ.
ކަރީނާގެ ސްޓައިލިސްޓް އިންސްޓަގްރާމުގައި އެ ހެދުން ކަރީނާ ލާފައި ހުއްޓާ ނަގާފައިވާ ފޮޓޮއެއް ވަނީ ހިއްސާކޮށްފައެވެ.
އެހެދުމުގައި ވަނީ ތުނި އޭ ލައިން ރަތް ކުލައިގެ ސްކާޓެކެވެ. އެ ސްކާޓުގައި ނޫ ކުލައިން ވަނީ ވޫލް އެމްބްރޮއިޑަރީ ހަދާފައެވެ. އެ މާގަހުގެ އަގު 155000 ރުޕީސް އަށް އަރައެވެ. މަތިންލާފައިވާ ޓޮޕްގެ އަގު 10500 ރުޕީސްއަށް އަރާކަމަށްވެއެވެ.