ސައިފް އަލީ ޚާން އަދި އަމްރިތާ ސިންގް ގެ ދަރި ސާރާ އަލީ ޚާން ގެ ފުރަތަމަ ފިލްމް ކޭދަރުނާތު ލޯންޗު ކުރާ ތާރީހު އިއުލާން ކޮށްފި އެވެ.
ފިލްމް އިންޑަސްޓްރީއަށް ސާރާ ގެ ފުރަތަމަ ފިލްމް ނެރޭ އިރު އަދި މިހާތަނަށް ސާރާ މީޑިއާއާ ވެސް ބައްދަލުކޮށްފައެއް ނުވެއެވެ. އެހެން ކަމުން އެފިލްމުގެ ޓްރެއިލާ ލޯންޗު ކުރާ ތާރީހު ވެގެން ދާނީ މީޑިއާއަށް ސާރާ ފުރަތަމަ ދޭ އިންޓަވިއުއަށެވެ.
އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ޓްރެއިލާ ލޯންޗް ކުރުން އޮންނާނީ ޖުހޫގައެވެ. އެ އިވެންޓްގައި އަބީޝެކް އާއި ސާރާގެ އިތުރުން ފިލްމްގެ ބަތަލު ޝުޝާންތް ސިންގް ރާޖްޕުތް ވެސް ބައިވެރިވާނެއެވެ.
ކެދަރްނާތްގެ އެއް މިނިޓް 40 ސިކުންތުގެ ޓީޒާ ވަނީ މީގެ ކުރިން ރިލީސްކޮށްފައެވެ.