އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ފަށައިފި އެވެ.
މިހާރު ކުރިއަށް ދާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ތިން ވަނަ އެޑިޝަނަކީ މިހާތަނަށް މި ކޮންފަރެންސްގައި އެންމެ ގިނަ ބައިވެރިން ބައިވެރިވި ކޮންފަރެންސް ކަމަށް އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވިއެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްފާލް ވިދާޅުވީ މިއީ ރާއްޖޭގައ ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު ކޮންފަރެންސް ކަމަށެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި 40 ގައުމަކުން 300 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މި ކޮންފަރެންސްގައި 63 ކަރުދާސް ހުށަހަޅާނެ ކަމަށާއި، 30 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި އެ ދާއިރާގެ މާހިރުން ވާހަކަ ދައްކަވާނެ ކަމަށް އައްފާލް ވިދާޅުވިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރޭ ސައިންޓިފިކް ޖާނަލް އިފްތިތާހު ކޮށްފައެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޮންފަރެންސް އޭޑީކޭ އިން ޓުވިޓާ މެދުވެރިކޮށް އަންނަނީ ލައިވް ކުރަމުންނެވެ.