ނޭހާ ދޫޕިޔާގެ ޗެޓް ޝޯގައި އެންމެ "އޯވާ ދަ ޓޮޕް" ކޮށް ހެދުން އަޅަނީ ކޮށް ތަރިއެއްތޯ ސުވާލު ކުރުމުން ކެޓްރީނާ ވަނީ ޖާންވި ކުރު ސޯޓު ލާތީ އެކަން ފާހަގަ ކޮށްފައެވެ.
ޓީވީ ޕްރޮގްރާމެއްގައި ކެޓްރީނާ ބުނީ އޭނާ ކަންބޮޑުވަނީ ޖާންވީ ކުރު ސޯޓު ލާތީއެވެ. ޖާންވީވެސް ދަނީ ކެޓްރީނާގެ ޖިމަށް ކަމަށާއި އެކީގައި ގިނަ ވަގުތު ޖިމްގައި ދެމީހުން ހޭދަކުރާކަމަށެވެ. އެހާ ކުރު ސޯޓު ޖާންވީ ލާތީ އެކަމާ ވިސްނޭ ކަމަށް ކެޓްރީނާ ބުންޏެވެ.
މިކަމާ ގުޅިގެން ޖާންވީގެ ދެބޭންގެ ދެދަރި، ބަތަލާ ސޯނަމް ކަޕޫރު ވަނީ ޖާންވީގެ ދިފާއުގައި ވާހަކަ ދައްކާފައައެވެ. ސޯނަމްގެ ޓުވިޓާގައި ހިއްސާކުރި ގޮތުގައި ކެޓްރީނާ އެ ފާހަގަ ކުރީ އެމީހުންގެ ތެރޭގައި ދެކެވޭ އިންސައިޑް ޖޯކެއްގެ ވާހަކައެވެ. މީޑިއާތަކުން ޑްރާމާ ކްރިއޭޓް ނުކުރުމަށް ސޯނަމް ވަނީ އެދިފައެވެ.
އީޓައިމްސްއަށް ސޯނަމް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުނީ މީޑިއާއިން ކެޓްރީނާ ދެއްކި ވާހަކަ ބޮޑު ކުރަނީ ކަމަށެވެ. މީޑިއާތަަކަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަން ފާހަގަ ކުރަމުން ސޯނަމް ބުނީ ގިނަ މީޑިއާތަކެއް އެއްވެގެން އަންނަ އިރު މީޑިއާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ދަނީ ގެއްލެމުން ކަމަށާއި ބޮޑެތި މަގާމުތަކުގައި ތިބޭ މީހުންގެ މަގާމުތަކަށްވެސް ބަދަލު އަންނަމުންދާކަމަށެވެ. އަދި ސޯނަމްގެ ހިތުގައި މީޑިއާއަށް އެއްވެސް ނެގެޓިވް ކަމެއް ނެތްކަމަށް ވަނީ ބުނެފައެވެ. އަބަދުވެސް މަސައްކަތް ކުރަނީ މީޑިއާގައި ހުންނަ ހަބަރުތައް ވީހާވެސް ޕޮޒިޓިވްކޮށް ނަގަންކަން ސޯނަމް ފާހަގަކުރިއެވެ.
މީގެ އިތުރުން މީސް މީޑިއާގައި ކަންކަން ހިނގާގޮތަށްވެސް ސޯނަމް ވަނީ ފާޑު ކިޔާފައެވެ. ސޯނަމް ބުނީ މީސް މީޑިއާގައި ބޭނުންހާ އެއްޗެއް ލިޔެވޭތީ ގިނަ ކަންކަން ބޮއްސުން ލަނީ ކަމަށެވެ. އެހެން ކަމުން އެގޮތަށް މީހުން ލިޔާހާ އެއްޗެއްސަށް ދެނީ ބީރުކަންފަތެއްކަމަށެވެ.