ސަންފްރެންސިސްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސެމްސަންގްގެ ފޯލްޑް ކޮށްލެވޭ ފޯނު ދައްކައިލައިފިއެވެ.
އިންފިނިޓީ ފްލެކްސް ޑިސްޕްލޭގެ ނަމުން ނަންދީފައިވާ މި ފޯނު އުފެއްދުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖައްސައިފައި ވާއިރު މިއީ މުސްތަގުބަލުގެ ސްމާޓް ފޯނެއް ކަމަށް އެކުންފުނިން ބުނެއެވެ.
ފޯލްޑް ނުކޮށް އޮންނަ އިރު 7.3 އިންޗީގެ ޑިސްޕްލޭ ސައިޒުގެ އެ ޓެބްލެޓް ފޯލްޑް ކޮށްލުމުން ޑިސްޕްލޭ ކުޑަވެ ފޯނެއްގެ ސައިޒަށް ބަދަލު ކޮށްލެވެއެވެ.
މިފޯނު ޑިޒައިން ކުރުމުގެ މަސައްކަތް ސެމްސަންގުން ކުރާތާ ފަސް އަހަރު ވެއްޖެއެވެ. އަދި ވާދަވެރި ހުއާވޭގެ ފޯލްޑިންގ ފޯނަށް ވުރެ ކުރިން ސެމްސަންގެ ފޯނު ދައްކައިލުމަށް ސެމްސަންގުން ގިނަ މަސައްކަތްތަކެއް ކުރިއެވެ.
ހުއާވޭގެ ފޯލްޑް ކުރެވޭ ފޯނު މިއަހަރު ދައްކައިލުމަށް ހަމަޖެހިފައިވާ އިރު ދުނިޔޭގެ ފުރަތަމަ ފޯލްޑް ކުރެވޭ ފޯނު ދައްކައިލައިފައި ވަނީ ރޮޔޯލް އިންނެވެ.
މިދިޔަމަހު ޗައިނާގައި ބޭއްވި ހަފްލާއެއްގައި ރޮޔޯލް އިން ވަނީ އެކުންފުނީގެ ފޯލްޑް ކުރެވޭ ފޯނު ދައްކައިލައިފައެވެ.