މިސްރުގައި ތިބި ދިވެހި ދަރިވަރުންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ބައްދަލުކުރައްވައިފި އެވެ.
މިސްރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނާއި މިނިސްޓަރު ބައްދަލު ކުރައްވާފައިވަނީ މިހާރު މިސްރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ދަރިވަރުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުއްވާފައެވެ.
ދަރިވަރުން ފާހަގަ ކުރިކަންކަން ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްދިނުމަށް ދަރިވަރުން އެދިފައިވާއިރު އެކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ހަފުތާގައި މިނިސްޓަރު ޒާހިރު މިސްރަށް ވަޑައިގަންނަވާފައިވަނީ އިއްޔެ އާއި މިއަދު މިސްރުގެ ޤާހިރާގައި ކުރިއަށްދާ 30 ވަނަ ޖެނެރަލް ކޮންފަރެންސް އޮފް ދަ އިޖިޕްޝަން ސުޕްރީމް ކައުންސިލް ފޮރ އިސްލާމިކް އެފެއާޒް ގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.