ބޮލީވުޑް

ދަރިފުޅުގެ އުފަންދުވަހު ޓުވިންކަލް ޓުވީކް އިންޑިއާ އިއުލާންކޮށްފި

އިއްޔެ އަކީ ޓުވިންކަލް ކަންނާ އަދި އަކްޝޭ ކުމާރުގެ ފިރިހެން ދަރިފުޅު އާރަވްގެ އުފަންދުވަހެވެ. ދުވަހުގެ އުފަލާ ގުޅުވައިގެން ޓުވިންކަލް މިވަނީ އޭނާ އަލަށް ފަށާ މަސައްކަތް "ޓުވީކް އިންޑިއާ" އިއުލާންކޮށްފައެވެ.

މި މަސައްކަތުގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް ޓުވިންކަލް ބުނި ގޮތުގައި އެއީ އިންޑިއާގެ އަންހެނުން ކުރީގެ ވިސްނުންތައް ދޫކޮށް އާ ވިސްނުންތަކަށް އަހުލުވެރިކުރާނެ މަސައްކަތެކެވެ.

މިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމުގައެވެ. ވީޑިއޯއަކާއެކު ޓުވިންކަލް ލިޔެފައިވާ ގޮތުގައި މިއަދަކީ ދަރިފުޅުގެ އުފަންދުވަހެވެ. ނަމަވެސް އެހެން ބޭބީއެއްވެސް މިމަހު އެބައޮތް ކަމަށެވެ. އެއީ ޓުވީކް އިންޑިއާއެވެ. އެންމެންވެސް އެއަށް އިންތިޒާރު ކުރަމުން އަންނައިރު މި ވީޑިއޯއަކީ އޭގެ ސްނީކް ޕީކެއްކަމަށް ޓުވިންކަލް ވަނީ ބުނެފައެވެ. އަދި @ޓުވީކްއިންޑާ ފޭސްބުކް، އިންސްޓަގްރާމް އާއި ޓުވިޓަރުން ފޮލޯ ކުރުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.