ބޮލީވުޑް

ތަމަޅަ ފިލްމެއްގެ ރީމޭކަކަށް ބާގީ ތިނެއް އުފައްދަނީ

ބާގީ ތިނެއް އުފައްދާ ކަމާއި އޭގައި ޓައިގާ ޝްރޮފް އާއެކު ޝްރައްދާ ކަޕޫރު އަލުން ފެނިގެން ދާނެ ވާހަކަ ވަނީ މީގެ ކުރިން ރިޕޯޓްކޮށްފައެވެ. މި ދެތަރިން ވަނީ 2016ގައި ނުކުތް ބާގީގެ ފުރަތަމަ ބައިގައި ވެސް އެކީގައި ފެނިގެން ގޮސްފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ބާގީ ތިނަކުން ރިތޭޝް ދޭޝްމުކްވެސް ފެނިގެން ދާނެއެވެ. އަދި ފިލްމު އުފައްދަނީ ތަމަޅަ ފިލްމެއް ކަމަށްވާ "ވެޓާއި"ގެ ރީމޭކެއްގެ ގޮތުގައެވެ. ފިލްމުގެ ޕްރޮޑިއުސަރު މިހާރު ވަނީ "ވެޓާއި" ގެ ރައިޓްސް ގަނެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕިންކްވިލާގައި ވާގޮތުގައި ޓައިގާ އަދި ރިތޭޝް ފިލްމުގައި ފެނިގެންދާނީ ދެބެއިންގެ ގޮތުގައެވެ. ޝްރައްދާ ވާނީ ލީޑް ބަތަލާއަށެވެ.

ޓެމިލް ފިލްމުގައި ވާގޮތުން ފެނިގެން ދަނީ ތަފާތު ދެ މިޒާޖެއްގެ ދެބެއިންނެވެ. ދޮށީ މީހާ ސެންސިޓިވް ވާއިރު ހަގުމީހާ ރިބެލިއަސްއެވެ. އެ ދެބޭންގެ ބައްޕަ މަރުވުމުން ދޮށީ މީހާ ބައްޕަގެ މަރުގެ ބަދަލު ހިފުމަށް ކުރާ މަސައްކަތް ފިލްމުން ފެނިގެންދެއެވެ. ބައްޕައަކީ ފުލުސް އޮފިސަރެކެވެ. ބާގީ ތިނެއްގެ ޝޫޓިން މިހާރުވަނީ ފަށާފައެވެ.

ބާގީގެ ދެވަނަ ބަޔަކީވެސް ރީމޭކެކެވެ. ސައުތު އިންޑިއަން ފިލްމު "ޝަނަމް" ގެ ރީމޭކެކެވެ. .