އުމަރު ނަސީރު

މަސްތުވާތަކެތީގެ ވަބާއިން ދުރަށް ދެވޭނީ އިސްލާމު ދީނާ ކައިރިޔަށް ޖެހިގެން: އުމަރު

ޝަހީދާ އަބްދުﷲ ސައީދު

3

މަސްތުވާތަކެތީގެ ވަބާއިން ދިވެހިންނަށް ދުރަށް ދެވޭނީ އިސްލާމް ދީނާ ކައިރިއަށް ޖެހިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން އުމަރު ނަސީރު، އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމް ދީނާ ކައިރިއަށް ޖެހިގެން މެނުވީ މަސްތުވާތަކެތި ފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް ކަމަށެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ސަލާމަތްކުރެވޭނީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓުވައިގެން ކަމަށެވެ. އަދި އެއީ މިހާރު ދިރާސާތަކުން އެނގި ސާބިތުވެފައި އޮތް ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރައްވަމުންދާ އުމަރު ވިދާޅުވި ގޮތުގައި ހުޅަނގުން ބޭނުންކުރަމުންދިޔަ ފަރުވާތަކަކީ އަގުބޮޑު، ދެމެހެއްޓެނިވި އެއްޗެއް ނޫންކަން މިހާރު ވަނީ ސާބިތުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟