ދިވެހިންގެ ތެރޭގައި ކޮރެއާ ފިލްމު ބަލާ މީހުން ގިނައެވެ. އެގައުމުގެ ތަރިންނަށް ހިތް ކިޔާ މީހުން ވެސް ވަކި މަދެއް ނޫނެވެ. އަދި ތަފާތު ކާ އެއްޗެހި ތަޖުރިބާ ކުރަން ބޭނުންވާ ދިވެހިންގެ ތެރެއިން ކޮރެއާގެ ކެއުންތަކަށް ލޯބި ކުރާ ދިވެހިން ވެސް ނުހަނު ގިނައެވެ.
ނަމަވެސް މި ހުރިހާ ކަމަކަށް ފުރިހަމަ ތަޖުރިބާއެއް ކުރެވޭނީ އެތަނަކަށް ގޮސްގެންނެވެ. އެހެންވީމަ ކޮރެއާއަށް ދާން ހިނގާށެވެ.
މިއަދު އެއީ ފަސޭހަ ކަމެކެވެ. ކޮރެއަން އެއާލައިންސްގެ މާލޭ އެޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސްގެ ފަރާތުން އެ ފުރުސަތު ދިވެހިންނަށް ވަނީ ފަހިކޮށްދީފައެވެ. އަދި އެކަމަށް އެކުންފުނިން ވަނީ ހާއްސަ އެއާ ފެއާއެއް ވެސް ތައާރަފު ކޮށްފައެވެ.
އެގޮތުން ރަތާއި ރީނދޫ އަދި އޮރެންޖު ކުލައިން މުޅި ކޮރެއާ އަލިކޮށްލާ އޯޓަމް ތަޖުރިބާ ކުރުމަށް އޮކްޓޯބަރު އަދި ނޮވެމްބަރުގައި ދެވިދާނެއެވެ. ނުވަތަ ޑިސެމްބަރުގެ ފިނިކަމާއި ހުދު ސްނޯ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އެބަ އޮތެވެ.
މި އެއާ ފެއާގެ އަގަކީ 820 ޑޮލަރެވެ. އަދި މިއީ މަދުވެގެން ހަތަރު މީހުންގެ ގުރޫޕްތަކަށް އޮތް ހާއްސަ އަގެކެވެ. ބިދޭސީއެއް ނަމަ 26 އެމެރިކާ ޑޮލަރު އިތުރަށް ނަގާނެއެވެ.
މީގެ އިތުރުން ކޮރެއާގެ ވިސާގެ ކަންކަން ހަމަޖައްސަން ބޭނުންނަމަ އިތުރު ފީއެއްގެ ގޮތުގައި އެކަން ވެސް ވާން އެބައޮތެވެ.
އުފެދޭ އޮތް ސުވާލަކީ ކޮރެއާއަށް ގޮސް ކުރާނީ ކޮންކަމެއް ހެއްޔެވެ؟
ތި އިންތިޒާމް ވެސް އެކްސްޕެޑައިޓް މޯލްޑިވްސް އިން ވަނީ ހަމަޖައްސައިފައެވެ. އެއާ ފެއާގެ އިތުރުން ހޮޓެލް ހުރުމާއި އެއާޕޯޓް ޓްރާންސްފާގެ އިތުރުން ކޮރެއާގެ އެކި ތަންތަނަށް ޒިޔާރަތް ކުރުމަށް އެ ކުންފުނިން ވަނީ ހާއްސަ ޕެކޭޖްތަކެއް ހަދައިފައެވެ.
އެހެންކަމުން ސްކޫލު ބަންދަށް ތަނަކަށް ތަނަކަށް ދާން ރާވާފައި ނެތްނަމަ ނުވަތަ ދާނެ ތަނެއް ނޭނގިގެން އުޅޭނަމަ މިއޮތީ ރަނުގެ ފުރުސަތެކެވެ. ތަފާތު ތަނެއް ތަޖުރިބާ ކޮށްލަން މިވަރުގެ ފުރުސަތެއް ނުލިބޭނެއެވެ.
ލަސްނުކޮށް އެކްސްޕެޑައިޓް މޯލްޑިވްސްގެ ލޭޑްލައިން ނަންބަރު: 3007079 ނުވަތަ ވައިބަރު ނަންބަރު 7790883 އަށް ގުޅާލާށެވެ. އަދި ގާތް ރަހްމަތްތެރިންނާއި އާއިލާގެ މެމްބަރުން ޓެގްކޮށް ދަތުރު ހަދަން ފަށާށެވެ.