ބޮލީވުޑް

ޑަބަންގް ތިނެއްގެ ފުރަތަމަ ޓީޒާ ރިލީސްކޮށްފި

ސަލްމާން ޚާންގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑަބަންގް ސީރީޒްގެ ތިންވަނަ ފިލްމުގެ ފުރަތަމަ ލުކްއާއެކު ޓީޒާ ރިލީސްކޮށްފިއެވެ.

ފިލްމުގެ ޓީޒާ ރިލީސްކުރީ ސަލްމާންގެ އަމިއްލަ މީސްމީޑިއާގައެވެ. ކެޕްޝަނުގައި ބުނެފައިވާގޮތުގައި ޗުލްބުލް ރޮބިންހުޑް ޕާންޑޭ މީގެ 100 ދުވަސްފަހުން އަންނާނެ އެވެ. އަދި އޭނާއަށް މަރުހަބާ ކިޔުމަށް ވަނީ އެދިފައެވެ. 

މި ފިލްމުގައި ސަލްމާންގެ ދެ ލުކްއެއް ފެނިގެންދާނެ އެވެ. އެއީ ޗުލްބުލް ޕާންޑޭއަށް (ފުލުސް އޮފިސަރަށް) ވުމުގެ ކުރިން އޭނާ ކުޑައިރު ހުންނަ ގޮތެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކުރާ މި ފިލްމުގައި ސޮނާކްޝީ ސިންހާ އާއި އަރްބާޒް ޚާން ކުރީ ފިލްމުތަކުގައި ފެނިގެންދިޔަ ރޯލު ތަކުން ފެނިގެންދާނެއެވެ. ފިލްމުގައި ވިލަންގެ ރޯލުން ފެނިގެންދާނީ ސައުތުގެ އެކްޓަރެއް ކަމަށްވާ ސުދީޕެވެ.

ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ މިއަންނަ ޑިސެމްބަރު 20ގައެވެ.