ބޮލީވުޑް

ކާލީ ޕީލީގެ ޝޫޓިން އިޝާން އާއި އަނަންޔާ ފަށައިފި

އިޝާން ކައްޓަރު އަދި އަނަންޔާ ޕާންޑޭ ލީޑް ރޯލުން ފެނިގެންދާ ފިލްމު ކާލީ ޕީލީގެ ޝޫޓިން ފަށައިފިއެވެ.

ފިލްމުގައި އިޝާން އާއި އަނަންޔާގެ ފުރަތަމަ ލުކްގެ ފޮޓޯ ރިލީސްކޮށްފައިވަނީ މީގެ ހަފްތާއެއް ކުރިންނެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަލީ އައްބާސް ޒަފަރު އިންސްޓަގްރާމުގައި ފިލްމުގެ ޝޫޓިން ފެށި ފޮޓޯއެއް ހިއްސާކުރަމުން ވަނީ ރަސްމީކޮށް އެކަން އިއުލާންކޮށްފައެވެ.

މިއީ އިޝާން އާއި އަނަންޔާ އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ. ފިލްމަކީ ރޭގަނޑެއްގައި އަންހެން އަދި ފިރިހެނަކު ބައްދަލުވެގެން ދިމާވާ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ލޯބީގެ ފިލްމެކެވެ.

އިޝާން އެންމެ ފަހުން ފެނިފައިވަނީ "ދަޅަކް" އިންނެވެ. އަނަންޔާ ވަނީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަދި "ޕަތީ ޕަތްނީ އޯރު ވޯ" އިން ފެނިގެން ގޮސްފައެވެ.

ކާލީ ޕީލީ ރިލީސްކުރަނީ އަންނަ އަހަރު ޖޫން 12ގައެވެ.