މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

333 މިލިއަން ރުފިޔާގެ ދަރަނިން މިފްކޯ ސަލާމަތްކުރީ މިސަރުކާރުން: މާލީ ވަޒީރު

ޝަހީދާ އަބްދުﷲ ސައީދު

1

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މިފްކޯގެ ދަރަނި 333 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މިފްކޯގެ ދަރަނި ސަލާމަތްކުރީ މިސަރުކާރުން ކަމަށް ދައުލަތުގެ މާލީ ވަޒީރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު އަހުމަދު މުނައްވަރު ވިދާޅުވީ މިފްކޯގެ ދަރަނި ބޮޑުކުރީ މިސަރުކާރުން ނޫން ކަމަށާއި، ކުރީގެ ސަރުކާރު ތަކުން ދަރާފައިވާ 333 މިލިއަން ރުފިޔާ ދެއްކީ މިސަރުކާރުން ކަމަށެވެ.

އަދި މިފްކޯ އެސްޓީއޯގެ ދަށަށް ގެންދިޔައީ ކުންފުނި އިތުރަށް ހަރުދަނާކުރުމަށް ކަމަށާއި، އޭގެ ނަތީޖާވެސް ރަގަޅު ކަމަށް މުނައްވަރު ވިދާޅުވިއެވެ. މިފްކޯޯގެ ދަރަނި 750 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ބުނެ ހަގީގަތާ ޚިލާފް މައުލޫމާތު ހާމަކުރަމުންދިޔަކަން ފާހަގަކުރައްވާ މާލީ ވަޒީރު ވިދާޅުވީ މިސަރުކާރުން ދޫކުރި ހަމައެކަނި އަދަދަކީ 199 މިލިއަން ރުފިޔާ ކަމަށެވެ.

އަދި މަސްވެރިންނަށް ދޫކުރުުމަށް 100 މިލިއަން ރުފިޔާގެ ފަންޑެއް ހެދި ނަމަވެސް މިހާތަނަށް ދޫކޮށްފައިވަނީ 25 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

މިފްކޯ އަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލު ކޮށްދިނުމަށް 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 140 މިލިޔަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ވެސް މިފްކޯގެ ހާލަތު ރަނގަޅުކޮށް، މަސްވެރިންނަށް ނަފާ ހޯދައިދިނުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށް އެމިނިސްޓްރީން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟