ސައޫދިއަރަބިއްޔާގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ކަމުގައިވާ ކިންގް އަބްދުލްއަޒީޒު ގުރުއާން މުބާރާތުގެ ފަނޑިޔާރުކަން ކުރުމަށް ޝެއިހް އިލްޔާސް ހުސައިން އަށް ލިބިވަޑައިގަތުމުން އިސްލާމިކް ޔުނިވާރސިޓިގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަރުހަބާ ދަންނަވައިފިއެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އަހަރަކު މައްކާގައި އޮންނަ ކިންގް އަބްދުލްއަޒީޒު ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ މިއަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެން މައްކާއަށް ވަޑައިގެންނެވި ޝެއިޚު އިލްޔާސް ހުސައިނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާކަމަށާއި މި މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވުމުގެ ފުރުސަތު ރާއްޖޭގެ ބޭފުޅަކަށް ލިބިވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
މައްކާގައި ކުރިއަށްދާ މި މުބާރާތުގެ ފަނޑިޔާރުކަން ކުރުމަށް ޝައިހް އިލްޔާސް ވަނީ މިމަހުގެ ކުރީކޮޅު ސައުދީއަށް ފުރާވަޑައިގެންފައެވެ.