ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ހދ. ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު މިހާރު އޮންލައިންކޮށް ގަނެވޭނެ ކަމަށް އެ ކުންފުނީން ބުނެފި އެވެ.
ކުރިން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު ހަމަ އެކަނި މޯލްޑިވިއަންގެ ޓިކެޓިން އޮފީހުން ވިއްކަމުން ދިޔަ ނަމަވެސް މިއަދު މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނީ ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް މިހާރު އޮންލައިން ކޮށް ވެސް ގަނެވޭނެ ކަމަށެވެ.
މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ހަފުތާއަކު ތިން ފްލައިޓު ބާއްވަ އެވެ.