ބޮލީވުޑް

ދަ ސްކައި އިސް ޕިންކްގެ ޓްރެއިލާ ރިލީސްކޮށްފި

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ދަ ސްކައި އިސް ޕިންކް" ގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.

ޓްރެއިލާއިން ފެނިގެން ދަނީ "ކްރޭޒީ" ފެމެލީއެކެވެ. ޕްރިޔަންކާ ކުޅެނީ އަދިތީ ކިޔާ މީހެއް ރޯލެވެ. ފަރްހާން ކުޅެނީ އޭނާގެ ފިރިމީހާގެ ރޯލެވެ. ދަ ސްކައި އިސް ޕިންކް ވަނީ ވަރަށް ފަހުން ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ވެސް އަޅުވާފައެވެ.

ޝޮނާލީ ބޯސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ޒާއިރަ ވާސިމް އާއި ރޯހިތު ސަރަފް ސުރޭޝްވެސް ފެނިގެންދެއެވެ.

ފިލްމަކީ މޯޓިވޭޝަނަލް ސްޕީކަރެއްކަމަށްވާ އައިޝާ ޗޯދްރީ ގެ ބައޯގްރަޕީ "މައި ލިޓްލް އެޕިޕަނީސް" އަށް ހަދާފައިވާ ފިލްމެކެވެ. އައިޝާ ވަނީ ޕަލްމޮނަރީ ފައިބްރޯސިސްއަށް ޑައިގްނޯސްވެ 2015 ވަނަ އަހަރު އުމުރުން އެންމެ 18 އަހަރުގައި މަރުވެފައެވެ.

ފިލްމުގެ ޑައިރެކްޓަރު ޝޯނާލީއަށް މި ފިލްމު އެހާ ގާތްވަނީ އޭނާގެ ފިރިހެން ދަރިފުޅު އިޝާން ވަނީ އެކްސިޑެންޓެއްގައި އުމުރުން 16 އަހަރުގައި މަރުވެފައި ކަމަށްވާތީއެވެ.

މި ފިލްމު ވެގެންދާނީ 2016ގައި "ޖެއި ގަންގާޖަލް" އަށްފަހު ބޮލީވުޑް ފިލްމަކުން ޕްރިޔަންކާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ފިލްމު ރިލީސްކުރަނީ އަންނަ މަހު 11ގައެވެ.