ބޮލީވުޑް

ފިލްމު އިންޝާﷲ އެނބުރި އަންނަނީބާ؟

ސަލްމާން ޚާން އަދި އާލިޔާ ބަޓް އެކުގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރި ފިލްމު އިންޝާﷲ ވަނީ މިދިޔަ ފަހު ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއި ސަލްމާން އާއި ދެމެދު ހިނގި ދެބަސްވުންތަކެއްގައި ނުހެދުމަށް ނިންމައި މަސައްކަތް ހުއްޓާލާފަ އެވެ.

ނަމަވެސް އިއްޔެ ނޫން ކުރިން ދުވަހު އާލިޔާ މިވަނީ ސަންޖޭގެ އޮފީހުން ނުކުމެގެން ދަނިކޮށް ފެނިފައެވެ. އާލިޔާގެ މޫނުމަތިން ފެނުނު ބޮޑު ހިނިތުންވުމުން ގިނަ ބަޔަކު ދެކެނީ ފިލްމުގެ އެނބުރި އައުމުގެ ހެޔޮ ހަބަރު ލިބެން އުޅެނީ ކަމަށެވެ.

ފިލްމާ ގުޅޭ އެކި ވާހަތަކައް މިހާރު ފެތުރިފައިވާއިރު މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފިލްމުން ސަލްމާން ބަދަލުކޮށް އެހެން ބަތަލެއް ލާން ސަންޖޭ ވަނީ ނިންމާފަ އެވެ.

ރަސްމީކޮށް ފިލްމާ ގުޅޭ އެއްވެސް ވާހަކައެއް އަދި ބުނެފައި ނުވާއިރު އާލިޔާގެ މި ބައްދަލުމުން ކޮންމެވެސް ރަނގަޅު ކަމެއް ވެގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

އާލިޔާ އެންމެ ފަހުން މަސައްކަތް ކުރަމުން ދިޔައީ އާޔަން މުކަރްޖީގެ ސުޕަހީރޯ ފިލްމު "ބްރާމަސްތުރާ" ގައެވެ. އެ ފިލްމުގައި އޭނާއާއެކު ރަންބީރު ކަޕޫރާއި އަމީތާބް ބަޗަން ފެނިގެންދާނެއެވެ. މީގެ އިތުރުން އާލިޔާގެ ބައްޕަ ޑައިރެކްޓް ކުރާ ފިލްމު "ސަޅަކް2" ގެ މަސައްކަތްވެސް އޭނާ ވަނީ ފަށާފައެވެ.

އެދެފިލްމުގެ އިތުުރުން ސައުތު ފިލްމެއް ކަމަށްވާ "ބާހޫބަލީ" އާއި ފިލްމު "އާރްއާރްއާރް" އިންވެސް އާލިޔާ ފެނިގެންދާނެއެވެ.