ޕޮލިސް

މިނިސްޓަރު މަހްލޫފްގެ މަންމަގެ އަތް ދަބަސް ފޭރިގެންފި

އާނިފާ ހުސެއިން ސިރާޖް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މަންމަގެ އަތް ދަބަސް ފޭރިގެންފިއެވެ.

ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަތްދަބަސް ފޭރިގެންފައިވަނީ މިއަދު ހެނދުނު ގަލޮޅު އިހްސާން ފިހާރައިން މަހުލޫފުގެ މަންމަ ނިކުންނަނިކޮށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 09:37 ހާއިރު ބަނގްލަދޭޝް އެމްބަސީ ކައިރިން އަންހެނެއްގެ އަތް ދަބަސް ފޭރިގެން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ދަބަސް ފޭރިގެންފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހުން ކަމަށެވެ.