ފިލްމު ދަޅަކް އިން ބޮލީވުޑަށް ނުކުތް ޖާންވީ ކަޕޫރު ވަނީ ފިލްމު އިންޑަސްޓްރީގައި ކުޑަ ދުވަސްކޮޅެއް ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
މިވަގުތުވެސް ގިނަ ފިލްމު ތަކެއްގައި ހަރަކާތްތެރިވަމުން އަންނައިރު ޖާންވީ މިވަނީ ވަރަށް ފަހުން ކައިވެންޏާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް އިންޓަވިއުއެއްގައި ހިއްސާކޮށްފައެވެ.
ޖާންވީ ބުނި ގޮތުގައި ހަޔާތުގެ ބައިވެރިއަކަށް އޭނާ ބަލަނީ ޓެލެންޓް ހުރި އަދި ޕެޝިނޭޓް މީހަކަށެވެ. އަދި އެމީހެއްގެ ފަރާތުން އޭނާއަށްވެސް ކަންތައްތަކެއް ދަސްވެ އެމީހަކު ފެނުމުން އެކްސައިޓް ވާނެ ކަހަލަ މީހަކަށެވެ. އެންމެ މުހިންމު ކަމަކަށް އެމީހަކު ވާން ޖެހޭނީ ޖާންވީއާ ހެދި މޮޔަވާނެ މީހަކަށެވެ.
މީގެ އިތުރުން ޖާންވީ ވަނީ ކައިވެނި ހަފުލާ އާއި ބެހޭ ކަންތައްތަކެއްވެސް ހިއްސާކޮށްފައެވެ. އެގޮތުން ޖާންވީ ބުނިގޮތުގައި އޭނާ ބޭނުންވަނީ "ރިއަލް" އަދި "އިންޓިމޭޓް" ކައިވެންޏެކެވެ. ކޮންމެހެން މާބޮޑުކޮށް ފެންސީވާން ނުޖެހޭނެ ކަމަށް ބުނެ ޖާންވީ ބުނީ އޭނާގެ ކައިވެނި ކުރާނީ ޓްރެޑިޝަނަލްކޮށް "ތިރުޕަތީ" ގައެވެ. އަދި އޭނާ ލާނީ "ކަންޖީވަރަމް ޒަރީ ސާރީ" އެއް ކަމަށެވެ. އަދި ކައިވެނީގެ ކުރިން ރިސެޕްޝަނެއް ބޭއްވިގެންދާނެކަ މަށްވެސް ޖާންވީ ބުންޏެވެ. ކައިވެނީގެ މެނޫ ވާނީ ސައުތު އިންޑިއަން ކެއުމަށެވެ. އޭގެ ތެރޭގައި އިޑްލީ، ސާމްބާރު، ކާރޑް ރައިސް އަދި ކީރު ހިމެނޭނެކަމަށް ވެއެވެ.
ޖާންވީ މިހާރު މަސައްކަތް ކުރަމުން އަންނަނީ ގުންޖަން ސަކްސޭނާގެ ބައޯޕިކްގައެވެ، މީގެ އިތުރުން "ރޫހީއަޒްފާ" އަދި "ތަހްތު" އިންވެސް ޖާންވީ ފެނިގެންދާނެއެވެ.