މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓި (އެމްއެންޔޫގެ)ގެ ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސް "ތެވެލި 2019" މިއަދު ފަށައިފިއެވެ.
ރާއްޖޭގައި ދިރާސާތައް ކުރުން އިތުރުކޮށް ދިރާސާ ކުރާ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބާއްވަމުން އަންނަ މި ކޮންފަރެންސަކީ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ދެ ދުވަހުގެ ނިޔަލަށް ކަމަށާއި މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ.
މިއަހަރުގެ ތެވެލި ކޮންފަރެންސް އެމްއެންޔޫގައި ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީއެވެ.
މިއީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންން ކޮންފަރެނަސެކެވެ. މި ކޮންފަރެންސް ބާއްވާ މިއީ ތިން ވަނަ އަހަރެވެ.