ޤުރުއާން ހިތުދަސްކުރި 15 ފަރާތަކަށް ހާފިޒުކަމުގެ ޝަރަފުވެރި ތާޖު ހަވާލުކޮށްފިއެވެ.
ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ހާފިޒުންގެ ޝަރަފުވެރި ތާޖު ލިބުނު 15 ދަރިވަރުންނަކީ؛
- އަލްޙާފިޡާ ޒޫނާ އިސްމާއީލް، ގަސްކަރަ، ކ.ގުޅި
- އަލްޙާފިޡް އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް، މއ ރިހިރާޅު
- އަލްޙާފިޡް ސިބުއަތުﷲ އަހުމަދު، ރަޝީދާ މަންޒިލް، ފ.ނިލަންދޫ
- އަލްޙާފިޡް މުހައްމަދު ރަފާހު އަހުމަދު، މ.ބަނބުކެޔޮގަސްދަށުގެ
- އަލްޙާފިޡާ އާސިޔަތު އާދަމް، ފެހިގެ، ގއ.މާމެންދޫ
- އަލްޙާފިޡް ހަސަން އާހިލް، އިރުދޭމާގެ، ތ.ގުރައިދޫ
- އަލްޙާފިޡާ މާޒިނާ އަބްދުއްރަހީމް، ކިނާރާ، ނ.ލަންދޫ
- އަލްޙާފިޡާ މަރްޔަމް މިކްޔާސް ސަލްމާން، އަޅިފަށުވިގެ، ގއ.ގެމަނަފުށި
- އަލްޙާފިޡް އަހުމަދު ނާޒިލް މުހައްމަދު، ހުވަނދުމާގެ، ޅ.ނައިފަރު
- އަލްޙާފިޡާ އުރުޖުވާން މުހައްމަދު، ހ.ކެސީނޯ
- އަލްޙާފިޡް މުހައްމަދު ޒާއިން އަޝްރަފް، އާބަހާރުގެ، ކ.ކާށިދޫ
- އަލްޙާފިޡާ މާއިޝާ އަބްދުއްރަހީމް، ކިނާރާ، ނ.ލަންދޫ
- އަލްޙާފިޡާ ފާތިމަތު ޝާޔާ ޒާހިރު، މއ. އަސާސް
- އަލްޙާފިޡާ ފަތިމަތު ޝުއާއު ޝާހު، މާލޭ ދަފްތަރު ނަންބަރު 1519 އަދި
- އަލްޙާފިޡާ މަރްޔަމް ހުސައިން، ޝެމްރޮކް، ސ.ހިތަދޫ އެވެ.
ރޭގެ ރަސްމިއްޔާތުގައި ހާފިޒުންނަށް އިނާމު ހަވާލު ކޮށްދެއްވުމުގެ އިތުރުން ރައީސް ސޯލިހު ވަނީ މުބާރާތުން އެއްވަނަ ދެވަނަ އަދި ތިން ވަނަ އަށް ހޮވުނު ފަރާތްތަކަށް ވެސް އިނާމު ހަވާލުކޮށްދެއްވައިފައެވެ.
ޖުމްލަ 1273 ބައިވެރިންނާއެކު ބޭއްވި މިއަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.