ޕޮލިސް

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، 18 ފޯނު ވަގަށް ނަގައިފި

މާލޭގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، ފޯނުތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން މިއަދު ބުނީ، މާފަންނުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، ވައްކަންކުރި ކަމުގެ ރިޕޯޓު ރޭ ފަތިހު 5:00 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ފިހާރައިން 18 ފޯނު ވަގަށް ނަގާފައިވާކަމަށާއި އެމައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.