ޖުމްހޫރީ ޕާޓީ

ޑރ.ޖަމީލު ޔާމީނާއެކު ކުރައްވާ ދަތުރަކީ ޕާޓީގެ ސުލޫކާއި ހިލާފު ކަމެއް: ޖޭޕީ

މަރިޔަމް ޝަހުދާ

4

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ކެމްޕެއިން ދަތުރެއްގައި އދ އަތޮޅަށް ފުރާވަޑައިގަތުމަކީ ޕާޓީގެ ސުލޫކާއި ހިލާފު ކަމެއްކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީ އިން ބުނި ގޮތުގައި ޑރ. ޖަމީލް އަދިވެސް ހުންނެވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ކަމުގެ މަގާމުގަ އެވެ. ނަމަވެސް މިއަދު ރައީސް ޔާމީނާއެކު ޑރ. ޖަމީލް އެކުރައްވާ ދަތުރަކީ ޕާޓީއަށް އެނގިގެން ކުރާ ކަމެއް ނޫންކަމަށް އެޕާޓީން ބުނެއެވެ. އެޕާޓީން ވަނީ މިކަމާ ގުޅިގެން ޕާޓީގެ ކައުންސިލްގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ގެންދާކަމަށް ވެސް ބުނެފައެވެ. އަދި ޑރ. ޖަމީލުގެ މިއަމަލާއި ގުޅިގެން ޕާޓީން އޭނާއަށް ފިޔަވަޅު އަޅައި، ޕާޓީން ވަކި ކުރުމަށް ޕާޓީގެ ކައުންސިލްގެ ގިނަބަޔަކު އެދޭ ކަމަށް ވެސް އެޕާޓީން ބުނެއެވެ. މީގެއިތުރުން ޕާޓީގެ ގަވައިދުތައް އޮންނަ ގޮތުން މެންބަރުންނަށް މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ހުށަހެޅޭނެކަމަށް ވެސް ބުނެފައިވެ އެވެ.

އެހެން ނަމަވެސް މި މައްސަލައިގައި އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް އެޕާޓީން ބުނެ އެވެ.

ރައީސް ޔާމީންގެ އަރިހުގައި ޑރ. ޖަމީލު އދ އަތޮޅުގެ ބައެއް ރަށްތަަށް، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ފުރާވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟