ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދާއެކު ޖުމުލަ ހަ ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މައުލޫމާތު ދިންގޮތުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ނެގުމަށް އެ ކޮމިޝަނުން މިދިޔަ މަހު 29ގައި ކުރި އިއުލާނުގެ ސުންގަޑި މިއަދު ހަމަވި އިރު އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހަ ބޭފުޅުންނެވެ.
އެއީ؛
- އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު، ގޯރަންވިލާ، ސ.ހުޅުދޫ،
- އަލްއުސްތާޛާ މަރްޔަމް ނިހާޔަތު، މ.ތާޖް،
- އަލްއުސްތާޛު އަލީ ސަމީރު، މއ.ވޭސައިޑް 610 ފްލެޓް،
- އަލްއުސްތާޛު ޝުއައިބު ހުސައިން ޒަކަރިއްޔާ، ދަފްތަރު ނަންމަރު 6993،
- އަލްއުސްތާޛު މުހައްމަދު ނިޔާޒް، ގްރީންވިލާ، ހަދ.ވައިކަރަދޫ އަދި
- އަލްއުސްތާޛު ހަސަން އަލީ، ދަފްތަރު ނަންމަރު 9038 އެވެ.
މި ބޭފުޅުންގެ އިތުރުން އިތުރު އެއް ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހުށަހަޅުއްވައިފަ އެވެ. ރައީސް ސޯލިހު ޖޭއެސްސީއަށް ހުށަހަޅުއްވާފައިވަނީ މިހާރު ޑްރަގް ކޯޓުގެ ގާޒީ ގދ.މަޑަވެލި/މޭނާ، އަލްއުސްތާޛު މަހާޒް އަލީ ޒާހިރެވެ. އޭނާގެ ނަން ޖޭއެސްސީއަށް ރައީސް ފޮނުއްވާފައިވަނީ މިއަދުއެވެ.