އިބްރާހިމް ޒަކީ
ޕީޕީއެމްގެ އިސް މެންބަރުންތަކެއް އެ ޕާޓީން ވަކިވެގެން، ދިއުމަކީ އެ ޕާޓީ ބަލި ކަށިވެގެންދާނެ ސަބަބެއްނޫން ކަމަށް ޕީޕީއެމްގެ ލީޑަރު ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އދ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރު ފުޅެއްގައި މިއަދު މާލޭން ފުރާވަޑައިގެންނެވުމުގެ ކުރިން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިއަލު ދެންނެވި ސުޥާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީިން ވިދާޅުވީ، ޕާޓީން ވެކިވެގެންދިޔަ މެންބަރުންގެ ސަބަބުން ޕާޓީއަށް ބަލިކަށިކަމެއް ނާންނަ ކަމަށެވެ.
ރައީސް ޔާމީން މިއަދު އދ. އަތޮޅުގެ ހަތަރުތަށް ކަމަށްވާ ކުނބުރުދޫ، މަހިބަދޫ، ދިގުރަށް، އަދި ދަނގެއްޗަށް ފެއްޓެވި ދަތުރުފުލަކީ، ޕާޓީ އިތުރަށް ވަރުގަދަކޮށް މެންބަރުން އިތުރުކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ކުރައްވާ ދަތުރު ފުޅެކެވެ.
މީޑިއާއަށް ރައީސް ޔާމީން މިއަދު ވިދާޅުވީ، ޕާޓީ ވަރުގަދަ ކުރެއްވުމަށްޓަކައި މެބްރުން އިތުރު ކުރުމާއި ޕާޓީގެ ރޫހު އިތުރުކޮށް ރޫޙުއިތުރުކޮށް ޕާޓީއަށް ވަރުގަދަ ފަހުލަވާނުންތަކެއް އަތޮޅުތަކުން ހޯދުން ހިމެނޭކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުވެއްޖެނަމަ ޕާޓީ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެސް ވިދާޅުވިއެވެ.
މިދިޔަ އޯގަސްޓްމަހުގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ އިތުރުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހް އާއި ޖޭޕީގައި ހުންނެވުމަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިގްބާލް އާދަމް ވަނީ ޕީޕީެމުން ވަކިވެ ވަޑައިގެން ޖޭޕިއަށް ސޮއިކުރައްވައިފައެވެ.