ޕޮލިސް

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ދ. އަތޮޅުގައި އޮންނަ ވޮއްމުލި ރިސޯޓުން ސްކޯލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެފައިވާ މައްސަލައެއް މިއަދު 11:50 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މަރުވެފައިވަނީ 43 އަހަރުގެ ފިރިހެނެކެވެ. އެއީ އެމެރިކާގެ ރައްޔިތެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.