އިލެކްޝަންސް ކޮމިޝަން

އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވައްދާ މައްސަލަ ހައްލުކުރަން މަޝްވަރާކޮށްފި

1

ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމަށް، އޮޅުވާލައިގެން ފޯމު ހުށަހަޅަމުންދާ މައްސަލަ ހުއްޓުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާއެކު މިއަދު މަޝްވަރާކޮށްފިއެވެ.

އީސީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ސޮއިނުކުރަނީސް، ސޮއިކުރި ކަމަށްބުނެ ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ކުރުމަށް އީސީއަށް ހުށަހަޅަމުންދާތީ، އެފަދަ ކަންކަން ހުއްޓުވޭނެ ގޮތަކަށް އީސީއަށް ހުށަހަޅާ ފޯމުތައް ޗެކުކުރާނެ އުސޫލެއް ކަނޑައަޅައި، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްފައިވާކަމަށެވެ.

މިއަދުގެ ބައްދަލޫވުމުގައި ބައިވެރިވި ހުރިހާ ޕާޓީތަކުގެ މަންދޫބުންނަށް އީސީއަށް ހުށައެޅޭ ފޯމުތައް ޗެކް ކުރާ އުސޫލާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ އުސޫލަށް ޕާޓީތަކުން އިސްލާހު ހުށައަޅަން ފުުރުސަތު ދީފައިވާ ކަމަށް އީސީން މައުލޫމާތު ދެއެވެ.

މިއަދުގެ މަޝްވަރާތަކުގައި އެންމެ ބޮޑު ދެ ޕާޓީކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމުން ބައިވެރިވެފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟