ލަވަ ކިޔުންތެރިޔާ ނިކް ޖޯނާސް އާއި އެކީ ޕްރިޔަންކާ ޗޯޕްރާގެ ކައިވެނި ޑިސެމްބަރު ދޭތްގައި ޖޯދްޕޫރުގައި ބާއްވާއިރު، މިހާރު ޕްރިޔަންކާ ގެންދަނީ އޭގެ ސެލެބްރޭޝަންތައް ބާއްވަމުންނެވެ.
ސެލެބްރޭޝަންތައް ފެށިގެން ދިޔައީ މިދިޔަ ހަފްތާގަ ބޭއްވި ބްރައިޑަލް ޝަވާ އަކުންނެވެ. މި ބްރައިޑަލް ޝަވާ އަށް ޕްރިޔަންކާ އަދި ނިކްގެ މަންމަ އަދި އާއިލާގެ އަންހެން ބޭފުޅުން ބައިވެރިވި އިރު ހޮލީވުޑްގެ ބައެއް ތަރިންވެސް ވަނީ ބައިވެރިވެފައެވެ.
ޕްރިޔަންކާ މިވަގުތު ހުރީ އެމްސްޓަޑަމްގައި އޭނާގެ ބެޗްލެރޮޓް ޕާޓީ ބޭއްވުމަށް ރައްޓެހިންނާއެކު ޔޮޓެއްގައެވެ.
މި ޕާޓީ ތަކުގެ ފޮޓޯތައް މީޑިއާގައި ދައުރުވަމުން ދާއިރު ފޮޓޯއިން ފެންނަނީ ޕްރިޔަންކާ އަޅާފައިވާ ތޮފީގައި "ޕީ.ސީ.ޖޭ" ގެ އަކުރުތަކެއް ހުރި ތަނެވެ. "ޕީސީ" އަކީ ޕްރިޔަންކާ އަށް މުހާތަބްކުރަން ބޭނުން ކުރާ އިނިޓިއަލްތަކެކެވެ. އެހެން ކަމުން އެ ތޮފީގައި "ޖޭ" އިނުމުން ގިނަ ބަޔަކު ވަނީ އަނެއްކާ ޕްރިޔަންކާގެ ނަމަށް ޖޮނާސް އިތުރު ކުރީތޯ ސުވާލު އުފައްދާފައެވެ.
ނަމަވެސް އަދި ރަސްމީކޮށް ޕްރިޔަންކާގެ ނަމަށް ބަދަލު ގެނައިކަމެއް އެފަރާތަކުން އިއުލާނެއް ނުކުރެއެވެ.