ސައިރިކްސް ކޮލެޖު

އެމްއެންޔޫގެ ކުރީގެ ވައިސް ޗާންސެލަރު ސައިރިކްސް ކޮލެޖުގެ ރެކްޓާގެ މަގާމަށް

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފު ރާއްޖޭގެ ޕްރައިވެޓް ކޮލެޖެއް ކަމަށްވާ ސައިރިކްސް ކޮލެޖުގެ ރެކްޓާގެ މަގާމަަށް އައްޔަނުކުރައްވައިފި އެވެ.

"ވަން" އަށް މައުލޫމާތުދެމުން ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފު ވިދާޅުވީ ޑރ. ފަވާޒް ފުރަތަމަ ސައިރިކްސް އާ ގުޅިވަޑައިގެންނެވީ ކޮންސަލްޓަންޓެއްގެ ގޮތުން ކަމަށާއި ނަމަވެސް ސައިރިކްސްގެ ލީޑަރޝިޕާ ގުޅިވަޑައިގަތުމަށް ދެންނެވުމުން އެކަން ގަބޫލުކުރެއްވުމުން މިއަދު ހެނދުނު 10:30ގައި އެ ކޮލެޖްގައި ބޭއްވި ކައުންސިލުގެ ބައްދަލުވުމެއްގައި ޑރ. ފަވާޒް ވަނީ އެ ކޮލެޖްގެ ރެކްޓާގެ މަގާމަށް އައްޔަން ކޮށްފައި ކަމުގައެވެ.

ސައިރިކް ކޮލެޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް އަމިއްލަ ކޮލެޖެވެ.