ޕޮލިސް

ވީވީއައިޕީ މޮޓޮކޭޑް ހަރަކާތުގައި ފުރަތަމަ ފަހަރަށް އަންހެން ފުލުސް އޮފިސަރަކު ބައިވެރިވެއްޖެ

އާނިފާ ހުސެއިން ސިރާޖް

ވީވީއައިޕީ މޮޓޮކޭޑް ހަރަކާތުގައި ފުރަތަމަ ފަހަރަށް އަންހެން ފުލުސް އޮފިސަރަކު ބައިވެރިވެއްޖެއެވެ.

ވީވީއައިޕީ މޮޓޮކޭޑް ހަރަކާތުގައި ބައިވެރިވި ފުރަތަމަ އަންހެން އޮފިސަރަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޕޮލިސް ލާންސް ކޯޕްރަލް އަލީނާ މޫސާއެވެ.

މޮޓޮކޭޑުގެ ހަރަކާތުގައި ބައިވެރިވެ އަންހެނުންނަށް ވެސް ވާނެކަން ސާބިތުކޮށްދިނުމަށް އަލީނާ މި ނެގި އިސްނެގުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އަލީނާ މޫސާއަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާގެ ފުރަތަމަ އަންހެން ތަރުޖަމާނަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަނީ ކަނޑައަޅުއްވާފައެވެ.