މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް، އަލީ ހާޝިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ހާޝިމް ގަވަނަރުކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.
ހާޝިމް ގަވަރުނަރުގެ މަގާމަށް އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ވޯޓުގެ ކުރިން މާލިއްޔަތު ކޮމެޓީން ވަނީ ހާޝިމްއާ އިންޓަވިއު ވެސް ކުރައްވައިފައެވެ.
ހާޝިމް ގަވަރުނަކަށް އައްޔަން ކުރުމަށް މަޖިލީހުން ހުށަހެޅުމުން، ދެން އެކަމާ މެދު ގޮތެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.
ގަވަރުނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.