ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ފިރިހެނުންނާ އަޅާބަލާއިރު އަންހެނުންނަށްލިބެނީ %20 މަދު އުޖޫރައެއް: ޝިދާތާ

އާނިފާ ހުސެއިން ސިރާޖް

1

ފިރިހެނުންނާ އަޅައިބަލާއިރު ވަޒީފާތަކުން އަންހެނުންނަށް ލިބެނީ %20 މަދު އުޖޫރައެއްކަމުގައި މިނިސްޓަ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް، ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ ނިއުދިއްލީގައި އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން) ގެ 10 ވަނަ ކޮންފަރެންސްގެ ދެވަނަ ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފިރިހެނުންނާ އަޅައިބަލާއިރު ވަޒީފާތަކުން އަންހެނުންނަށް ލިބެނީ %20 މަދު އުޖޫރައެއްކަމަށާއި އެއީ ގަޑިއިރެއްގެ މައްޗަށް 22.51 ރުފިޔާ މަދު އަދަދެއް ކަމަށެވެ. އެގޮތުން އަންހެނުން ކިތަންމެ މަތީ ފެންވަރަކަށް ކިޔަވައިގެން ތިބި ނަމަވެސް އުޖޫރަ ދިނުމުގައި ތަފާތު (ވޭޖް ގެޕް) ގެންގުޅޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ 2010 އިން ފެށިގެން 2016 ވަނަ އަހަރުގެ ރާއްޖޭގެ ލޭބަރ ފޯސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަންހެނުން ރަސްމީ މަސައްކަތްތައް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އަންހެނުން ގޭގައި ކުރާ މުސާރަ ނުލިބޭ މަސައްކަތްތަކުގެ އަގުވަޒަން ނުކުރާކަން ފާހަގަކޮށް ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ އަންހެނުން ކުރާ މިފަދަ މަސައްކަތްތައް އިގުތިސާދު ކުރިއެރުވުމުގައި ވަރަށްބޮޑު ރޯލެއް އަދާކުރާކަމުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟