އިންޑިޔާގައި ދިވާލީ ފާހަގަ ކުރަމުން ދާއިރު، ބޮލީވުޑްގެ ތަރިންވެސް އަންނަނީ އެކި ހަފްލާތައް ބާއްވަމުންނާއި ހަފްލާތަކުގައި ބައިވެރިވަމުންނެވެ. ބޮލީވުޑްގެ ބަތަލާއިންނަކީ ލާ ހެދުންތައް އަބަދުވެސް ވަރަށް ސްޓައިލިޝްކޮށް ބަހައްޓާ ބައެއްކަމުން މި އާޓިކަލުގައި އެކި ތަރިންތައް އެކި ދިވާލީ ހަފްލާތަކުގައި ލި ހެދުންތަކާ އެއާ ބެހޭ މައުލޫމާތު ހިއްސާކޮށްލާނަމެވެ.
ސާރާ ލައިފައި ހުރީ އަބޫ ޖާނީ ސަންދީޕު ކޯޝްލާ ޑިޒައިންކޮށްފައިވާ ލެހެންގާ އެކެވެ. ޝިމަރީ ގޯލްޑް މި ލެހެންގާ ގައި ސާރާ ވަރަށް ޗާލެެވެ.
އަނާމިކާ ކަންނާގެ މި ކަޅު ކުލައިގެ ލެހެންގާ ގައި ކަރީނާ ވަރަށް ނަލައެވެ. ލެހެންގާ އާއި އެކީ ކަރީނާ ވަނީ އެލޭ "ޖުމްކާ" ކަންފަތު ލާއެއްޗެއް ލާފައެވެ. އިސްތަށިގަނޑު ހުރީ މައްޗަށް އައްސާލުމަށްފަހު ހުޅިއެއް ޖަހާފައެވެ.
ކެޓްރީނާ ލާފައިހުރީ ސަބްޔާސަށް ޑިޒައިންކޮށްފައިވާ ކަޅުކުލައިގެ ސާރީ އެކެވެ. މި ސާރީގައި ކެޓްރީނާ ސްޓައިލް ކުރުމަށް އަޅާފައިވާ ބެލްޓް އިން ސާރީ އިތުރަށް ސްޓައިލިޝް ކޮށްލައެވެ.
ސީމާ ޚާން ޑިޒައިން ކޮށްފައިވާ ސީކުއިންޑް އަނާރްކަލީ ހެދުމުގައި ޕްރީތީގެ އަންހެންވަންތަ ކަން އިތުރުކޮށްލައެވެ. އިސްތަށިގަނޑު ތަންކޮޅެއް އައްސާލުމަށްްފަހު އަނެއްބައި އޮތީ ވައްޓާލާފައެވެ.
އާލިއާ ލާފައި ހުރީ ޝައިމާލް އަދި ބުއްމިކާ ޑިޒައިންކޮށްފައިވާ ކަޅު ކުލައިގެ ލެހެންގާ އެކެވެ. ސިމްޕަލް މި ލެހެންގާ އެސަސަރައިޒް ކުރުމަށް ބޮޑު "ޖުމްކާ" އެއް ވަނީ ކަންފަތުގައި ލައްވާފައެވެ.
ރޯ މެންގޯގެ ކަޅު ބޮރެކޭޑް ލެހެންގާ ގައި މަލައިކާ ސިޒިލް ކުރިއެވެ. ސްޓައިލް ކުރުމަށް ރަންކުލައިގެ ބޮޑު ކަންފަތުލާ އެއްޗަކާއި، ބޮލުގައި މާންގާ ޓިއްކާ އަކާއި ބޮޑެތި ތަނޑިވަނީ އަޅާފައެވެ.
އަބަދުވެސް ސިޕްމަލްކޮށް ހުންނަ ކާޖޮލް ލާފައި ހުރީ ފާބިއާނާގެ ޗިކަންކަރީ އަނާރްކަލީ ފިޔާތޮށި ކުލައިގެ ހެދުމެކެވެ. ފިޔާތޮށިކުލައިގެ ކަންފަތުލާ އެއްޗެއްވެސް ސްޓައިލް ކުރުމަށް ބޭނުން ކޮށްފައިވާއިރު ޕޮޓްލީ ދަބަހެއް އަތުގައި އޮތެވެ.
އަމިތް އަގަރްވާލުގެ ކަސްޓަމް މޭޑް މި ހެދުމުގައި ޝިލްޕާ ވަރަށް ސްޓައިލިޝް އެވެ. ސާރީއެއް މޮޑިފައިކޮށްފައި ވާއިރު އެހެދުމުގައި ޝިލްޕާ ފެންނަނީ ޗިކްކޮށެވެ.