މިނިސްޓަރު އިމްރާން އަބްދުﷲ

މަޖިލިސް އިންތިހާބާ ގުޅިގެން އެއްވެސް ކުށްވެރިއަކަށް ރައީސް މައާފެއް ނުދެއްވާ: އިމްރާން

އިބްރާހިމް ޒަކީ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެއްވެސް ކުށްވެރިއަކަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައާފު ދެއްވައި ދޫކޮށްލާފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބޮޑެތި ކުށްވެރިންގެ ތެރެއިން ކުށްވެރިންތަކަކަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައާފްދެއްވައި މިނިވަން ކުރިކަމށް ދެކެޥޭ ވާހަކަ ތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސުލް ޖުމްހޫރިއްޔާ ކުށްވެރިންނަށް ލުޔެއް، ނުވަތަ މައާފެއް ދެއްވާފައިނުވާ ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބު ބޭއްވި ދުވަސް ކަމުގައިވާ ހައެއް އޭޕްރީލް 2019 ގެ ކުރިން ރައީސް ދެއްވި ލުޔަކުން ނުވަތަ މައާފަކުން ކުށްވެރިއަކު މިނިވަން ވެފައިނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ބޮޑެތި ކުށްވެރިންނަށް މައާފް ދެއްވާފައިވާ ކަމަށް ވިދާޅުވެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 18 އިން މިއަހަރުގެ ޖޫންމަހުގެ 20 ވަނަ ދުވަހާ އަކަމައަށް ރައީސް ލުއި ދެއްވައި، މައާފް ދެއްވައިގެން 206 ކުށްވެރިން މިނިވަން ވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މުއްދަތުގައި 206 ކުށްވެރިން މިނިވަން ކޮށްފައިވީ ނަމަވެސް، އޭގެ ތެރޭގައި ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ މީހުން ނުހިމެނޭ ކަމަށެވެ.

އެގޮތުން، މީހަކު މެރުކާއި، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާކުށް ކޮށްފައިވާ މީހުންނާއި، ޓެރަރިޒަމްގެކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހުންގެ އިތުރުން އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ކޮށްފައިވާ މީހުންނަށް ރައީސް މައާފް ދެއްވާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ބައެއް ކުށްތައްކަށް ރައީސް ލުއި ދެއްވި ކަމަށާއި، އޭގެ ތެރޭގައި 79 ކުށްވެރިން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެެތެތޭފައި މަސްތުވާތަކެތީގެ ވިޔަފާއި ކުރުމާއި، ދީނުގެ ބައެއް ހައްދުތަކަށް އަރައިގަނެ ރާބޮއި، ވައްކަންކުރި ބައެއްމީހުން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.