އިބްރާހިމް ޒަކީ
މިދިޔަ މުއްދަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައާފާއި ލުއި ދެއްވައިގެން 206 ކުށްވެރިން މިނިވަން ވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލް ޖުމްހުރިއްހާ ކުށްވެރިންނަށް މައާފް ދެއްވާފައިވާ ކަންތައްތަކާބެހޭގޮތުން ބައެެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، އެއީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 18 އިން މިއަހަރުގެ ޖޫންމަހުގެ 20 ވަނަ ދުވަހާ އަކަމައަށް މިނިވަން ވެފައިވާ ކުށްވެރިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މުއްދަތުގައި 206 ކުށްވެރިން މިނިވަން ކޮށްފައިވީ ނަމަވެސް، އޭގެ ތެރޭގައި ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ މީހުން ނުހިމެނޭ ކަމަށެވެ.
އެގޮތުން، މީހަކު މެރުކާއި، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާކުށް ކޮށްފައިވާ މީހުންނާއި، ޓެރަރިޒަމްގެކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހުންގެ އިތުރުން އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ކޮށްފައިވާ މީހުންނަށް ރައީސް މައާފް ދެއްވާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެފަދަ ބައެއް ކުށްތައްކަށް ރައީސް ލުއި ދެއްވި ކަމަށާއި، އޭގެ ތެރޭގައި 79 ކުށްވެރިން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އޭގެެތެތޭފައި މަސްތުވާތަކެތީގެ ވިޔަފާއި ކުރުމާއި، ދީނުގެ ބައެއް ހައްދުތަކަށް އަރައިގަނެ ރާބޮއި، ވައްކަންކުރި ބައެއްމީހުން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.