މާލެ އިން ފުރައިގެން ފ. އަތޮޅު ބިލެއްދޫ އަށް ދަތުރުކުރި ބޯޓެއްގެ ކަބަޑެއްގެ ތެރޭގައި ރައްކާކޮށްފައިހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި މާލެއިން ބިލެއްދުއަށް ފުރައިގެން ދިޔަ ބޯޓެއްގެ ކަބަޑެއްގައި ބަހައްޓާފައިހުރި 450000 ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން މައުލޫމަތުދެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.