މުނިފޫހިފިލުވުން

ރާހުލް ރީތިވެގެން އޭނާގެ ޕޯސްޓަރުތައް ކުޑައިރު ގެންގުޅުނިން، އަދި "އާޝިގީ" އަށް ފަހަރު ބެލިން: ކަރީނާ

ފަތޯނާ ފާއިޒު

ކަރީނާ ކަޕޫރަކީ ފިލްމީ އާއިލާއަކަށް އުފަންވި ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއެވެ.

ކަރީނާ ނިސްބަތްވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް އުފެއްދި "ކަޕޫރު" އާއިލާ އަށެވެ. އެހެންނަމަވެސް ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ކަރީނާ އަކީވެސް ފިލްމު ބަލައިހެދި އާދައިގެ ކުއްޖެކެެވެ.

ކަރީނާ ބުނިގޮތުގައި އޭނާއަށް ކުޑައިރު އެންމެ ކަމުދިޔަ ތަރިއަކީ ރާހުލް ރޯއީއެވެ. އެގޮތުން ރާހުލް ރީތި ވެގެން އޭނާގެ ޕޯސްޓަރުތައްވެސް ގެންގުޅުނު ކަމަށް ކަރީނާ ބުންޏެވެ. އަދި ރާހުލް ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "އާޝިގީ" ކަރީނާ ވަނީ ވަރަށް ގިނައިން ބަލާފައެވެ.

މީހަކަށް ފިލްމެއް ދެތިން ފަހަރު ބެލޭނީވެސް އެ ފިލްމެއް ވަރަށް ރީތި ވީމައެވެ. ކަރީނާ "އާޝިގީ" އަށް ފަހަރު ބެލިއެވެ. މަހޭޝް ބަޓް ޑައިރެކްޓް ކުރި ފިލްމު "އާޝިގީ" ރިލީޒް ކޮށްފައިވަނީ 1990 ވަނަ އަހަރުއެވެ. ރާހުލް އަދި އަނޫ އަގަރްވާލް ލީޑް ރޯލުން ފެނިގެން ދިޔަ އެފިލްމަކީ ނުވަދިހައިގެ އަހަރުތަކުގައި ނުކުތް އެންމެ ހިޓު އެއް ފިލްމެވެ.

ކަރީނާ ބުނީ ރާހުލް އަކީ އޭނާގެ އެންމެ ފުރަތަމަ ކްރަޝް ކަަމަށެވެ. ކަރީނާ އެހެން ބުނީ އޭނާ ޖަޖްކަން ކުރަމުން އަންނަ އެންމެ ފުރަތަމަ ޝޯ "ޑާންސް އިންޑިއާ ޑާންސް(ޑީއައިޑީ)ގެ ސެޓްގައި، ޝޯގެ ހޯސްޓް ކަރަން ވާހީ، ކަރީނާގެ ފުރަތަމަ ކްރަޝްއާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންނެވެ.

ކަރީނާ އަކީ ވިހެއުމަށްފަހުވެސް ކާމިޔާބު ކަމާއެކު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ ބަތަލާއެކެވެ.