ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލީ 36 ބޭފުޅުންގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލީ 36 ބޭފުޅުންގެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

ބްރޯޑްކޮމްގެ ދެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ސޮފްވާނާއި ނަބާހު އިސްތިއުފާ ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅެވެ.

ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 36 ބޭފުޅަކު ކުރިމަތިލާފައިވެއެވެ. ރައީސް ސޯލިހު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ވަނީ އެ ހުރިހާ ބޭފުޅުންގެ ނަން ފޮނުވައިފައެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަންކުރުމަށް ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުވި ނަންތައް:

  • ޝިފްލާ އިބްރާހީމް، ގ. މަސްއޮޑިގެ
  • މުހައްމަދު ހިލްމީ، ގ. ޑޭޒީފެހި
  • އަހްމަދު ގައިސް، ސަނީޑޭލް، ގދ. ތިނަދޫ
  • އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
  • އާމިލާ އާދަމް، މއ. އަލިފެހި
  • އަހްމަދު ފައިރޫޒް، މއ. ރަސްއައިނު
  • ޖައުފަރު ރަޝީދު، ފަތަގުމާގެ، ފ. ދަރަނބޫދޫ
  • އާއިޝަތު ދިޔާނާ ތޯހިރު، ސެވަން ސްޓަރ، ސ. ހިތަދޫ
  • ސައުދާ ސަލީމް، ރަބީއު މަންޒިލް، ހއ. ހޯރަފުށި
  • ނަފީސް މުހައްމަދު، ދަފްތަރު ނަމްބަރު: 14596
  • އަބްދުއްލަތީފް އަހްމަދު، ދަފްތަރު ނަމްބަރު: 2345
  • ޔުސްރާ އަހްމަދު، ޖަނބުރޯޒުގެ، ގދ. މަޑަވެލި
  • އިބްރާހިމް އަޝްރަފް، ވ. މަށިވެލި
  • އަބްދުﷲ ރައްޔާން، ވައްތީނިގެ، ހދ. ކުޅުދުއްފުށި
  • އާއިޝަތު ލީޒާ، ލޯރައްލާގެ، ނ. ވެލިދޫ
  • އަހްމަދު ޔަމާން މުޝްތާގު، މ. ބިއުޓީން ހައުސް
  • މޫސާ ރިލްވާން، މ. ހާވިލާ
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ
  • މޫމިނާ އާދަމް، ގ. ހާފްސީ
  • އަލީ ސަމްއާން، ދަފްތަރު ނަމްބަރު: 5312
  • އަހްމަދު މައުރޫފް، ނިއު ލައިޓް، ލ. ކަލާދޫ
  • އާއިޝަތު ހުސައިން މަނިކު، ހ. ރީނދޫކޮކާގެ
  • ފާތިނާ ގާސިމް، ދަފްތަރު ނަމްބަރު: 4055
  • މުހައްމަދު ޝަމްއޫން، މ. އަސަލް
  • ހިދާޔަތުﷲ، އޯޝަންރީޑް، ގދ. ތިނަދޫ
  • އާއިޝަތު ތަޝްކީލް، މއ. ކަނޑުބަލާގެ
  • އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
  • މުހައްމަދު ސަނޫން، ނައިޓްވިލާ، ބ. ފެހެންދޫ
  • އަލީ ސައީދު، ބޭބީހައުސް، ޅ. ނައިފަރު
  • މުހައްމަދު ސައުޒަމް، ކީސްވިލާ، ރ. އިނގުރައިދޫ
  • އިބްރާހިމް ހަމްޒާ ޚަލީލް، ގ. ސުރުމުތި
  • މުހައްމަދު އިބްރާހިމް މަނިކު، ކުޅިފަސް، ތ. ތިމަރަފުށި
  • މަރިޔަމް ސައާދާ، ނަޝޭމަން، ރ. އުނގޫފާރު
  • އާފިޔާ އަބްދުލް އަޒީޒް، ދަފްތަރު ނަމްބަރު: 8946
  • އިބްރާހިމް ނަޝީދު، މ. އިރުވައިގެ
  • މުހައްމަދު ފަރުހާދު، ހަސަންކާރިގެ، ސ. މީދޫ