މުޙައްމަދު އަސްލަމް

މިއަހަރު ބަނދަރު ހެދުމުގެ 80 ޕަސެންޓް މަސައްކަތް ނިންމާލެވޭނެ: މިނިސްޓަރު އަސްލަމް

އިބްރާހިމް ޒަކީ

ދައުލަތުގެ ބަޖެޓުގައި ރަށްރަށުގެ ބަނދަރު ހެދުމަށް މި އަހަރު ކަނޑައަޅާފައިވާ މަޝްރޫއުތަކުުގެ ތެރެއިން 80 ޕަސެންޓް މަސައްކަތް ނިންމާލެވޭނެ ކަމަށް ނެޝަނަލް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށުގެ ބަނދަރާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބަނދަރާބެހޭގޮތުން މި އަހަރުގެ ބަޖެޓްގައި 59 މަސައްކަތެއް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ވަރުގެ މަޝްރޫއުތައް ހިމެނޭކަމަށެވެ

އަހަރުގެ މިހާތަަނަށް އައިއިރު، އޭގެ ތެެރެއިން 19 މަޝްރޫއެއްގެ އަމަަލީ މަސައްކަތުގައި ސޮއިކުރައްވާފައިވާނެ ކަމަށާއި، ޓެންޑާގައި 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ހިމެނޭއިރު 18 ރަށެއްގެ މަސައްކަތް އެމަރުހަލާއަށް ދިއުމުގެ މަރުހަލާގައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަންދާޒާކުރަނީ ބަޖެޓުގައި ހިމަނާފައިހުރި އަދަދުގެ ގާތްގަނޑަކަށް 75 ޕަސެންޓާ އަށްޑިހަ ޕަސެންޓާ ދޭތެރޭގެ އަދަދަކަށް އަޅުގަނޑުމެންނަށް ޑިސްޕާސްމަންޓް ކުރިއަށް ގެންދެވޭނެ ކަމަށް، ޑިސްޕާސްމެންޓަކީ ސީދާ މަސައްކަތްކުރިއަށްދާ މިންވަރާ ގުޅިފައި އޮންނަކަމެއް، އެހެންކަމުން އަޅުގަނޑުމެން މި ގަބޫލުކުރަނީ މަސައްކަތުގެ ގޮތުގައި އަހަރުގެ ތެރޭގައި އެޗީވް ވާނީ ގާތްގަނޑަަކަށް އަށްޑިހަ ޕަސެންޓަށޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާބައިވަރު މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، ޕްރޮޖެކްޓް މެނޭޖްމެންޓް ކެޕޭސިޓީ ސަރުކާރުގެ ލެކްވާ ކަމަށެވެ. އެހެންކަމުން ޕްރޮޖެކްޓް މެނޭޖް ކުރުމުގެ ބަދަލުގައި ސަރުކާރުގެ ދައުރަކީ ޕްރޮޖެކްޓް މޮނީޓާކުރުން ކަމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.