މުޙައްމަދު އަސްލަމް

ބަނދަރަށް މިއަހަރު ބަޖެޓުގައި ވަނީ 563 މިލިޔަން، ސޮއިކުރި ކޮންޓްރެކްޓް 600 މިލިޔަނަށް ރުފިޔާއަށްވުރެ މަތި

އިބްރާހިމް ޒަކީ

މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތަށް ބަޖެޓުގައި ހިމެނިފައިވަނީ 563 މިލިޔަން ރުފިޔާގެ މަސައްކަތް ކަމަށާއި، މިއަހަރު ބަނދަރު ހެދުމާބެހޭ ކޮންޓްރެކްޓް ގައި މިހާތަނަށް ސޮއި ކުރި އަދަދު 600 މިލިޔަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރ. މަޑުއްވަރީގެ ބަނދަރާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ޝަރީފް މިނިސްޓަރާ ކުރެއްވި ސުވާލުގައި ވިދާޅުވީ ރ. މަޑުއްވަރި ގައި 1200 ފޫޓުގެ ބަނދަރެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ. އަދި މި އަހަރު އެ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ވަނީ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މަޑުއްވަރީގެ ބަނދަރުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެތޯ، އާއި އެ މަސައްކަތަށް މި އަހަރަށް ބޭނުންވާ ފައިސާ ސެކިއުއާ ކުރެވިފައިވޭތޯ މެންބަރު ސުވާލު ކުރެއްވިއެވެ.

މިނިސްޓަ އަސްލަމް ވިދާޅުވީ، މަޑުއްވަރީ ބަނދަރުގެ ޕްރޮޖެޓްގައި އިއްޔެ ސޮއި ކޮށްފައިވާ ކަމަށެވެ. އެއީ 1200 ފޫޓުގެ ބަނދަރެއް ކަމަށާއި އެއީ 68.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެބަނދަރަށް މިއަހަރުުގެ ބަޖެޓުގައި ހިމެނެނީ 15 މިލިޔަން ރުފިޔާ ކަމަށާއި، އެއީ 20 މަސްދުވަހުގެ މަށްރޫއެއްކަމުން އެ މަޝްރޫއަށް އިތުރަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަމަށްވެސް ވިދާޅުވިއެވެ.