ރައްޔިތުންގެ މަޖިލިސް

ޕާލަމެންޓް ގްރޫޕުތައް ހިންގުމުގެ ހަރަދު މަޖިލީހުން ދޭގޮތަށް ގަވާއިދުގައި ހިމަނަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާލަމެންޓް ގްރޫޕުތައް ހިންގުމުގެ ހަރަދު މަޖިލީހުން ދޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމަނަން މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ އާ ގަވާއިދުގެ 33 ވަނަ މާއްދާއަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ، ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ދަފްތަރު ކުރެވޭ، ގްރޫޕުތައް ހިންގުމަށް ބައްދަލުވުންތައް ބާއްވާނެ ތަނާއި، އޮފީސް ޖާގައާއި އޮފީހަށް ބޭނުންވާ ވަސީލަތްތަކާއި އިންޓަނެޓްފަދަ ވަސީލަތްތައް މަޖިލީހުގެ އިދާރާއިން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އަދި ޕާލަމެންޓްރީ ގްރޫޕުގެ މަސައްކަތްތައް ހިންގަން ބޭނުންވާ ހަރަދުތައް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި އިސްލާހުގައި ބުނެފައިވަނީ، މީގެ އިތުރުން ޕާލަމެންޓްރީ ގްރޫޕުގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުވައްޒިފުން މަޖިލސިް އިދާރައިން ހަމަޖައްސައިދޭން ޖެހޭނެކަމަށެވެ.

އެގޮތުން 10 މެންބަރުންނަށްވުރެ މަދު ޕާލަމެންޓް ގްރޫޕަކަށް އެއް މުވައްޒިފަކު، 11 މެންބަރުންނާއި 20 މެންބަރުންނާ ދެމެދުގެ ޕާލަމެންޓް ގްރޫޕަކަށް ދ މުވައްޒިފުން އަދި 21 މެނބަރުންނާއި 30 މެނބަރުންނާ ދެމެދުގެ ގްރޫޕަކަށް ތިން މުވައްޒިފުން 30 މެންބަރުންނަށްވުރެ ގިިނަ ޕާލަމެންޓްރީ ގްރޫޕަކަށް ހަތަރު މުވައްޒިފުން ހަމަޖައްސައިދޭންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.